ވޯލްޑް ކަޕްގެ އުފާވެރި ތަޖުރިބާއެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް އިފްތިތާހުކޮށްފި

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއ...

20 Nov 2022 | 18:40

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ މިއަދު އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕަރޓްނަރ ވެ ބައިވެރި ވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، މީޑިއާނެޓް ހެޑް އޮފް ވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ އެހެނިހެން ޕާޓްނަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ. ފޭން ޒޯންތައް އިފްތިތާހުކުރުމުގެ މި ރަސްމިއްޔާތުގައި އުރީދޫ ފުޓްބޯލް ފޯރީގެ ރަސްމީ ލަވަ - އަރްހްބޯގެ ދިވެހި ވާޝަން - ލައިވްކޮށް އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރ ހަބޭސް ބޮޑުބެރު ވަނީ ހުށަހަޅައިދީފައެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފަރ ތަކެއްވެސް ލޯންޗްކޮށްފައެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލަރ އެޕް ގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސްލިބިގެންދާނެއެވެ.

ގޯލްރ އެޕް ޑައުންލޯޑް ކުރުމަށް http://ore.do/goalr ޒިޔާރަތްކުރައްވާ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.

https://www.youtube.com/watch?v=ShKMwOvQtlY

އުރީދޫ ފުޓްބޯލް ފޯރީގެ ދަށުން މިއަދު ތައާރަފް ކުރެވުނު އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/footballfoari ޒިޔާރާތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް