އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ނެރެފި

އަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަރަބިއ...

20 Nov 2022 | 12:01

އަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އަރަބިއްޔާ ޕްރިންސިޕަލް ކަމުން ވަކިކޮށް ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލު ކުރީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާގެ ބަދަލު އަރަބިއްޔާގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ އެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ޝުޖާއު އެވެ. އެ މައްސަލައިގަ މިއަދު ޓްރައިބިއުނަލުން ނެރުނު އަމުރުގައި ބުނެފައިވަނީ އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މި މައްސަލަ ހުށަހެޅި އިރު ޝުޖާއު ވަނީ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އޭނާއަށް އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭންވެސް އެދިފައި އެވެ. އެކަމަކު ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ.

ޝުޖާއު ވަކި ކުރި މައްސަލައިގަ އަރަބިއްޔާ ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައި އެވެ.

އެކަމަކު އެޑިއުކޭޝަނުން ބުނީ އެއީ އާންމު އުސޫލުގެ ތެރެއިން ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް