މަރުވި ބަނަގްލަދޭޝް މީހުންގެ ހަށިތައްވެސް ގައުމަށް ފޮނުވައިފި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލަދޭޝް މީހުންގެ ހަށިތައްވެސް ގައުމަށް ފޮނުވައިފި އެވެ. މި ހާދިސާ ހިނގީ މިމަހުގެ10 ވަނަ ދުވަހުގެ ރޭ12:27 ހާއިރު އެވެ. އެ ހާދިސާގައި މަރުވެފައި...

20 Nov 2022 | 09:30

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލަދޭޝް މީހުންގެ ހަށިތައްވެސް ގައުމަށް ފޮނުވައިފި އެވެ.

މި ހާދިސާ ހިނގީ މިމަހުގެ10 ވަނަ ދުވަހުގެ ރޭ12:27 ހާއިރު އެވެ. އެ ހާދިސާގައި މަރުވެފައިވަނީ 10  ބިދޭސީންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި މަރުވި ބަންގްލަދޭޝްގެ ދެ މީހުންގެ ހަށިގަނޑުވެސް ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއާއި އެކު އެ ހާދިސާގައި މަރުވި ހުރިހާ އެންމެންގެ ހަށިތައް އެމީހަކު ނިސްބަތްވާ ގައުމަށް ފޮނުވާ ނިމުނީކަމަށް ވިދާޅުވިއ ެވެ.

މި ހާދިސާގައި މަރުވީ ބަންގްލަދޭޝް އަންހެނަކާއި ފިރިހެނެކެވެ.

ދެން މަރުވީ އިންޑިއާގެ އަށް މީހުންނެވެ. އެއީ ފަސް ފިރިހެނުންނާއި ތިން އަންހެނުންނެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މިދިޔަ ހަފްތާގައި އެމީހުންގެ ހަށިތައްވެސް ގައުމަށް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް