މި ސަރުކާރުގެ ހަލާކަކީ ރޮޒައިނާގެ ދެމަފިރިން: ޝިޔާން

މި ސަރުކާރުގެ ހަލާކަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން ކަމަށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ތެރޭގައި ހަމަ ނުޖެހުން އ...

20 Nov 2022 | 09:23

މި ސަރުކާރުގެ ހަލާކަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން ކަމަށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ތެރޭގައި ހަމަ ނުޖެހުން އުފެދި ދެ ފެކްޝަން އުފެދިފައިވާއިރު ރޮޒައިނާ ހުންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި އެވެ. ޝިޔާން ތާއީދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ދެފަރާތުގެ ކޯޓުން ދޭތެރެދޭތެރެއިން ފާލުން ނައްޓާއިރު ޝިޔާން ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަލާކަކީ ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކަމަށެވެ. ރޮޒައިނާގެ ނަން ހިމެނުމަށް ލިޔުއްވާފައިވަނީ އޭނާގެ ބައްޕައަށް ނިސްބަތްކޮށް "ޑޮން" އޭ ވިދާޅުވުމަށް ފަހު އެވެ.

އޭނާ ވިދާޅުވީ މިއީ ބޭއިންސާފުގެ ހަތަރު އަހަރު ކަމަށެވެ.

https://twitter.com/HassanShiyaan/status/1594066343888027648

ރޮޒައިނާ އާއި ނާޝިޒް އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ ޑިއާރުޕީގައި އުޅުއްވުމަށް ފަހު އެ ޕާޓީ ދެބައިވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް