ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް ވިދާޅުވީ އެކުދިންނަށް އަނިޔާ ނުލިބޭނެ ރައްކާތެރި މާހައުލެއްގައި ކުދިން ބޮޑުވާން ޖެހޭ ކަމަށެވެ.
ރައީސް ވަނީ ރައްކާތެރި ދުޅަހެޔޮ މާހައުލެއްގައި ކުދިން ތަރުބިއްޔަތުކޮށް މޮޅެތި ކުދިންނަށް ހެދުމަށް އިލްތިމާސް ކުރައްވާފައި އެވެ.
https://twitter.com/ibusolih/status/1594188686018895872
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް