ފީފާ ވޯލްޑް ކަޕް 2022: ގަތަރު – އެކުއެޑޯ މެޗު ޕްރިވިޔު

ފީފާ ވޯލްޑް ކަޕް 2022 ހުޅުވާ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ގަތަރު، އެކުއެޑޯއާ ދެކޮޅަށް ނުކުންނާނެއެވެ. މިއީ ގަތަރު ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ކުޅޭނެ ފުރަތަމަ މެޗެވެ. 2006 ވަނަ އަހަރުގެ މުބާރ...

20 Nov 2022 | 06:56

ފީފާ ވޯލްޑް ކަޕް 2022 ހުޅުވާ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ގަތަރު، އެކުއެޑޯއާ ދެކޮޅަށް ނުކުންނާނެއެވެ. މިއީ ގަތަރު ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ކުޅޭނެ ފުރަތަމަ މެޗެވެ.

2006 ވަނަ އަހަރުގެ މުބާރާތުން ފެށިގެން މުބާރާތް ބާއްވާ ގައުމު، މުބާރާތް ހުޅުވާ މެޗުގައި ކުޅުމުގެ ސަޤާފަތެއް ފީފާއިން ދަމަހައްޓަމުން އަންނައިރު، އެ ތާރީޚުން ފެށިގެން މިހާތަނަށް މުބާރާތް ހުޅުވާ މެޗުގައި، މުބާރާތް ބާއްވާ ގައުމު ބަލިވެފައެއް ނެތެވެ. އެހެނަސް، އެ ރެކޯޑް ދަމަހައްޓަން ގަތަރަށް އޮތީ އުނދަގޫ ކުރިމަތިލުމެކެވެ.

އެކުއެޑޯއަށް ބަލާއިރު، ސައުތު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިންގައި، އެ މީހުންވަނީ ބަލިކުރަން އުނދަގޫ ޓީމެއްކަން ސާބިތުކޮށްދީފައެވެ. އަދި އޭގެ ފަހުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު 6 މެޗުގައި ވެސް ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަނަނުދީ، އެކުއެޑޯއިން ވަނީ ޑިފެންސްގެ ފެންވަރު ދައްކާލާފައެވެ.

ގަތަރަށް ބަލާއިރު، ވޯލްޑް ކަޕްގައި އެ މީހުން ވާދަކުރާ އަލަތު ފަހަރުކަމުން ވޯލްޑް ކަޕްގެ އެ މީހުން ދައްކާނެ ފެންވަރެއް ބުނެދޭކަށް ނޭނގެއެވެ. އެހެނަސް މިދިޔަ އަހަރު އޮތް އަރަބް ކަޕްގެ 3 ވަނަ ހޯދާފައިވުމުން ގަތަރުން ރަނގަޅު ޗެލެންޖެއް ދޭނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ގަތަރު - އެކުއެޑޯ

ގްރޫޕް: އޭ

ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް

ތާރީޚް: 20 ނޮވެމްބަރ 2022 (އާދިއްތަ)

މެޗު ފަށާ ގަޑި: 21:00 (ރާއްޖެ ގަޑިން)

ގަތަރުގެ ފޯމު

ގަތަރުން އެންމެ ފަހުން ކުޅުނު 5 މެޗަށް ބަލާއިރު، 1 މެޗުން މޮޅުވެ، 1 މެޗުން ބަލިވެ، 3 މެޗު އެއްވަރުވީއެވެ.

ގަތަރު 0-0 ގުއަޓަމެލާ (އެކުވެރިކަމުގެ މެޗެއް)

ގަތަރު 2-2 ޗިލީ (އެކުވެރިކަމުގެ މެޗެއް)

ގަތަރު 0-2 ކެނެޑާ (އެކުވެރިކަމުގެ މެޗެއް)

ގަތަރު 1-1 ޖަމައިކާ (އެކުވެރިކަމުގެ މެޗެއް)

ލަޒިއޯ 0-0 ގަތަރު (ހައިބްރިޑް އެކުވެރިކަމުގެ މެޗެއް)

އެކުއެޑޯގެ ފޯމު

އެކުއެޑޯ އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާއަށް ބަލާއިރު، 1 މެޗުން މޮޅުވިއިރު، އަނެއް 4 މެޗު އެއްވަރުވީއެވެ.

އެކުއެޑޯ 0-0 އިރާގް (އެކުވެރިކަމުގެ މެޗެއް)

ޖަޕާން 0-0 އެކުއެޑޯ (އެކުވެރިކަމުގެ މެޗެއް)

ސައޫދީ އަރަބިއާ 0-0 އެކުއެޑޯ (އެކުވެރިކަމުގެ މެޗެއް)

އެކުއެޑޯ 1-0 ކަބޯ ވާޑް (އެކުވެރިކަމުގެ މެޗެއް)

މެކްސިކޯ 0-0 އެކުއެޑޯ (އެކުވެރިކަމުގެ މެޗެއް)

ހެޑް-ޓު-ހެޑް ނަތީޖާތައް:

ގަތަރާއި އެކުއެޑޯ މިހާތަނަށް ބައްދަލުކުރީ އެންމެ ފަހަރަކުއެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ގަތަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް