އިންޑިއާގެ ޓީވީ ޑްރާމާ ސިލްސިލާތަކަކީ ގޭގޭ ސިޓިންރޫމް ފަޅުފިލާ އެއްޗަކަށްވާއިރު އެ ސިލްސިލާތައް ކުޅޭ މީހުންނަކީ އެތައް މިލިއަން ބައެއްގެ ލޯބިލިބިފައިވާ ބައެެކެވެ.
އެކަމަކު ހިތާމައަކީ އެމީހުންނަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާއިރު އެންމެ ދަށް ފަންތީގެ މަސައްކަތް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ގިނަ މީހުން ގަބޫލު ކުރާގޮތުގައި ޑްރާމާ ކުޅެން ފަށަނީ އިތުރު ދާއިރާއަކުން ކުރިޔަށް ނުދެ ބޮލީވުޑަށްވެސް ނުކުމެވޭނެ ގޮތެއް ނެތިގެންނެވެ.
އެހެންވެ ޑްރާމާތަކުގެ ލީޑްރޯލު ކުޅެ މަޝްހޫރުކަން ލިބޭ މީހުންވެސް މަސައްކަތް ކުރަނީ މަޝްހޫރުކަން ލިބުމުން ބޮލީވުޑްގެ ފިލްމެއް ލިބޭތޯ އެވެ.
އެކަމަކު މިހާރު މަޝްހޫރު ބައެއް ސިލްސިލާތަކުގެ ލީޑްރޯލް ކުޅޭ މީހުންނަކީ ވަރަށް ތައުލީމީ ގާބިލް މީހުން ކަމަށް މިފަހުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކުރެވޭ ތަރިއަކީ ސްޓާޕްލަސްގެ ސިލްސިލާ "ގުމްހޭ ހޭ ކިސީކީ ޕިޔާރްމޭ" ގެ ތަރި އައިޝާ ސިންގް އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަތީތައުލީމް ހާސިލްކޮށްފައިވަނީ ޝަރުއީ ދާއިރާއިންނެވެ. އަދި އެއީ ސެޓިފައިޑް ގާނޫނީ ވަކީލެވެ.
އައިޝާގެ ތަފާތު ކަންކަން ފާހަގަ ކުރެވޭއިރު އެއީ މިވަގުތު ޑްރާމާ ކުޅޭ އެންމެ އަގުބޮޑު އެކްޓަރެވެ. ރިޕޯތުތައް ބުނާގޮތުގައި އައިޝާ ނުވަތަ އާންމުން ދަންނަ ނަމުން ނަމަ ސައި މިހާރު އެ ސިލްސިލާގެ އެޕިސޯޑެއް ކުޅެދެނީ 80،000 ރުޕީސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް