ވޯލްޑްކަޕްގައި ކުޅޭ ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުން ކުރޭ: މައުމޫން

މިރޭ ވޯލްޑްކަޕް ފެށޭއިރު ދިވެހިން ސަމާލުކަންދޭވީ މުހިންމު ކަމެއް އެބައޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ގަތަރުގައި ބާއްވާ ވޯލްޑްކަޕް މުބާރާތް ފަށާ މެޗު އޮންނާނީ މިރ...

20 Nov 2022 | 05:48

މިރޭ ވޯލްޑްކަޕް ފެށޭއިރު ދިވެހިން ސަމާލުކަންދޭވީ މުހިންމު ކަމެއް އެބައޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑްކަޕް މުބާރާތް ފަށާ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން9:00 ގައި އެވެ. މި މެޗުގައި ބައްދަލު ކުރާނީ ގަތަރާއި އިކުއާޑޯ އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރެއަކީ ވޯލްޑްކަޕް ފެށޭ ރޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ކުޅޭ ޓީމް ތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރުން މުހިންމު ކަމަށެވެ.

މައުމޫން މިސާލެއްގެ ގޮތުގައި ވިދާޅުވީ އާންމުކޮށް ހަބަރުތަކުގައި ބެންޒީމާ ލިޔުނު ނަމަވެސް ދިވެހިން ލިޔާއިރު އެ ނަން އިންނާނީ ބެންޒީމާ ކަމަށެވެ.

https://twitter.com/maumoonagayoom/status/1594179024674177024

ގިނަ ބަޔަކު ވަނީ މައުމޫން ސަޕޯޓު ކުރައްވަނީ ކޮންޓީމަކަށްތޯ އެ ޕޯސްޓަށް ކޮމެންޓުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް