"ސީޖީއެމް ޝެފް އެވޯޑް 2022" އަކީ ކަލްނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިން އެވޯޑެކެވެ.
މިއަހަރުގެ އެވޯޑު އަށް ކެޓަގަރީއަކުން 36 ޝެފަކަށް ލިބުނެވެ. އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައިވާ، ޝެފް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އަހުމަދު މާޒިމްއަށެވެ.
"ސީޖީއެމް ޝެފް އެވޯޑް" ކޮންމެ ދެއަހަރަކު ދިނުމަށް ވަނީ ނިންމާފައެވެ. މި އެވޯޑަށް އަންނަ އަހަރު ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޝެފުންނަށްވެސް ކުރިމަތިލެވޭނެއެވެ. ޝެފްސް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އަކީ 2014 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް