ބެންޒެމާއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލިިއްޖެ

ފްރާންސް އާއި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލިއްޖެ އެވެ. ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަން މިހާރު ޔަގީންވ...

20 Nov 2022 | 01:43

ފްރާންސް އާއި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލިއްޖެ އެވެ.

ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަން މިހާރު ޔަގީންވެފައި ވާއިރު، ބެންޒެމާއަށް އަނިޔާވެފައި ވަނީ ފްރާންސް ގައުމީ ޓީމާއި އެކު އިއްޔެ ކުރިޔަށް ގެންދިޔަ ފަރިތަކުރުން ތަކުގައެވެ.

ބެންޒެމާގެ މި އަނިޔާއާއި ގުޅިގެން މީގެ ކުރިން ލަފާ ކޮށްފައި އޮތީ އޭނާއަށް ގެއްލޭނީ ހަމަ އެކަނި ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު އެކަނި ކަމަށެވެ. ނަމަވެސް މި އަނިޔާއާއި ގުޅިގެން ހެދި ޓެސްޓުތަކަށް ފަހު ކުރިން ލަފާކުރެވުނު ގޮތާއި ޚިލާފަށް މިހާރު ވަނީ ބެންޒެމާ ދެ މަހުގެ މުއްދަތަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ކަށަވަރުވެފައެވެ.

ބެންޒެމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ، ވޯލްޑް ކަޕް ފުރުސަތު ގެއްލުނުއިރު، މިކަމާއި ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މެސެޖެއް ވެސް އާންމުކޮށްފައެވެ.

މި މެސެޖުގައި ބެންޒެމާ ބުނެފައިވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް ހިތްވަރު އެލުވާލާ ނުވާނެކަމަށް އުންމީދު ކަނޑާލައިގެން އެއްވެސް ކަމެއް ދޫކޮށްލާފައި ނުވާނެ ކަމަށާއި ނަމަވެސް މި މުހިންމު ދަނޑިވަޅުގައި ލިބުނު އެންމެ ބޮޑު ފުރުސަތު ދޫކޮށް ވަކިވާންޖެހިފައިވާ ކަމަށެވެ.

އަދި އޭނާގެ ބަދަލު ޓީމުން ފުރުސަރު ލިބޭ ކުޅުންތެރިއެއްގެ ފަރާތުން ޓީމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މެސެޖުގައި ބުނެފައިވެއެވެ.

ބެންޒެމާއަށް އަނިޔާވެ މުބާރާތާއި ވަކިވާން ޖެހުނުއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ޓީމުގެ ކްރިސްޓޮފާ އުންކުންކޫއަށް ވެސް ވަނީ އަނިޔާވެ ސްކޮޑާއި ވަކިވާން ޖެހިފައެވެ. އަދި ޕޯލް ޕޮގްބާ، އެންގޯލޯ ކާންޓޭ ވެސް އަނިޔާގައި ތިބުމުން ފްރާންސްގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް