ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް ބެންޒެމާއަށް އަނިޔާވެއްޖެ

މިރޭ ގަތަރުގައި ބާއްވާ ފީފަ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައިވާއިރު، ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެއްޖެއެވެ. މީޑިއާ ރުޕޯޓުތައް ބުނާ ގޮތުން ބެންޒެމާއަށް އަނިޔާވީ ފްރާންސް ގައު...

19 Nov 2022 | 20:28

މިރޭ ގަތަރުގައި ބާއްވާ ފީފަ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައިވާއިރު، ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެއްޖެއެވެ.

މީޑިއާ ރުޕޯޓުތައް ބުނާ ގޮތުން ބެންޒެމާއަށް އަނިޔާވީ ފްރާންސް ގައުމީ ޓީމާއި އެކު އިއްޔެ ކުރިޔަށް ގެންސިޔަ ފަރިތަކުރުން ތަކުގައެވެ.

ބެންޒެމާއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުނުއިރު، ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ފްރާންްސް އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅޭ މެޗުގައި ބެންޒެމާއަށް ނުކުޅެވޭނެއެވެ.

އަދި ބައެއް މީޑިއާ ރިޕޯޓުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެންޒެމާއަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕް އެއްކޮށް ގެއްލުމުގެ ބިރު އެބައޮތެވެ.

އަނިޔާވެ ބެންޒެމާ ކުޅުމާއި ދުރައް ދާންޖެހުނުއިރު، ބެންޒެމާއަށް ލިބުނު އަނިޔާގެ ކުޑަބޮޑުމުނަކީ ކޮބައިކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މާދަމާ ހަދާ މެޑިކަލް ޓެސްޓުތަކަށް ފަހު ބެންޒެމާގެ އަނިޔާގެ ތަފްސީލް ފްރާންސް އިން ހާމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާއަށް އަނިޔާވިިއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކްރިސްޓޮފާ އުންކުންކޫއަށް ވެސް ވަނީ އަނިޔާވެ ފްރަަންސް ސްކޮޑާއި ވަކިވާން ޖެހިފައެވެ. އަދި ޕޯލް ޕޮގްބާ، އެންގޯލޯ ކާންޓޭ ވެސް އަނިޔާގައި ތިބުމުން ފްރާންސްގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް