ސަރުކާރުގެ އުމްރާނީ ތަރައްގީގެ ޕްލޭން ކަށަވަރުކޮށްދެނީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އަސާސީ ހިދުމަތްތަކެއް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީން ކަމާއި އެކު އެވެ. އޭގެ ތެރޭގައި ކަރަނ...

20 Nov 2021 | 15:38

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އަސާސީ ހިދުމަތްތަކެއް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީން ކަމާއި އެކު އެވެ.

އޭގެ ތެރޭގައި ކަރަންޓު، ފެނާއި، ނަރުދަމާ، ބަނދަރު އަދި ގެދޮރުވެރިކަން ފަދަ މުހިންމު ދާއިރާތަކަކީ އުމްރާނީ ގޮތުން ރައްޔިތުންނަށް މިވަގުތު ވަރަށް މުހިންމު ދާއިރާތަކެވެ. އެ ދާއިރާތަކަށް އަމާޒުކޮށް ސަރުކާރުން އެކުލަވާލާފައިވާ ފަސް އަހަރުގެ އުމްރާނީ ތަރައްގީގެ ތެރެއިން ބޮޑު ބައި މިހާރު ހާސިލްވެފައިވުމަކީ މިމަހުގެ 17 ވަނަ ދުވަހު ތިން އަހަރު ފުރުނު ރައީސް ސޯލިހުގެ ސަރުކާރު ހޯދި ބޮޑު ކާމިޔާބެކެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ތެރެއިން 673 މަޝްރޫއުއެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި 491 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު 143 މަޝްރޫއުއެއް ކޮންޓްރެކްޓް ކުރެވިފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ސްޓޭޖްގައިވާ މަޝްރޫއުތަކުގެ އަދަދު 870 އަރައެވެ.

މީގެ ތެރޭގައި:

ކަރަންޓް ހިދުމަތް:

  • 405 މަޝްރޫއު ނިމިފައި
  • 157 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށް ދަނީ
  • 21 މަޝްރޫއެއްގެ މަސައްކަތް ކޮންޓެރެކްޓް ކުރެވިފައި
  • 127 މަޝްރޫއެއްގެ މަސައްކަތް އެހެނިހެން މަރުހަލާގައި

ފެނާއި ނަރުދަމާ:

  • ނިމިފައި އެއްވެސް ޕްރޮޖެކްޓެއް ނެތް
  • 56 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
  • 62 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
  • 23 މަޝްރޫއެއް އެހެނިހެން މަރުހަލާފައި

ބަނދަރާއި ޖެޓީ:

  • 25 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
  • 39 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
  • 9 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
  • 38 މަޝްރޫއެއް އެހެނިހެން މަރުހަލާގައި

ގޮނޑުދޮށް ހިމާޔަތް ކުރުން:

  • 3 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
  • 11 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
  • 6 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
  • 37 މަޝްރޫއެއް އެހެނިހެން މަރުހަލާގައި

ބިން ހިއްކުމުގެ މަޝްރޫއުތައް:

  • 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
  • 5 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
  • 8 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
  • 13 މަޝްރޫއެއް އެހެނިހެން މަރުހަލާގައި

މަގު ހެދުމުގެ މަޝްރޫއުތައް:

  • 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
  • 12 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
  • 10 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
  • 25 މަޝްރޫއެއް އެހެނިހެން މަރުހަލާގައި

ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައި އިތުރު މަޝްރޫއުތަކުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކާއި، ދެ ރަށެއްގައި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަމުގެ ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، ފަސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދެ އެބަދެއެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި މިދިޔަ ތިން އަހަރު މި ސަރުކާރު ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު ރައީސް ސޯލިހު ހުންނެވީ ޖަޒީރާ ވަންތަ ތަރައްގީއެއް ގެނެސްދިނުމަށް ވަރުގަދަ އަޒުމުފުޅެއްގައި އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް