ދުނިޔޭގެ ފުޓްވޯޅައިގެ މައި އިދާރާ ފީފާއިން ނެރެ އާންމުކުރި ދެކުނު އޭޝިއާ ބައްރުން ސަރަހައްދުގެ ފީފާ ވޯލްޑް ރޭންކިންގައި ރާއްޖެ އެއް ދަރަޖަ ދަށަށް ވެއްޓިއްޖެއެވެ.
ފީފާ ރޭންކިންގައި ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމަކާއި އެކު މިމަހުގެ ރޭންކިންގައި ރާއްޖެއަށް ލިބެނީ 157 ވަނައެވެ. ނިމިގެން ދިޔަ އޮކްޓޫބަރު މަހު ފީފާއިން އާންމު ކުރި ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ރޭންކިންގް އަށް ބަލާއިރު، މި ސަރަހައްދުގެ އެއްވަނާގައި އޮތީ ދެ ދަރަޖައިގެ ކުރި އެރުމަކާއި އެކު އިންޑިއާއެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއި އެކު މި މަހުގެ ރޭންކިންގައި އެ ގައުމަށް ލިބެނީ ދުނިޔޭގެ ރޭންކިންގެ 104 ވަނައިގައެވެ. މިދިޔަ އޮކްޓޫބަރު މަހު އެ ގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 106 ވަނާ ގައެވެ.
މި ރޭންކިން ލިސްޓުގެ ތިންވަނަ ލިބުނީ ނޭޕާލަށެވެ. ހަތަރުވަނަ ބަންގްލަދޭޝްއަށް ލިބުނުއިރު، ރޭންކިންގެ ފަސް ވަނަ ލިބުނީ ބޫޓާނަށެވެ. އަދި ހަވަނަ ޕާކިސްތާނަށް ލިބުނުއިރު، ރޭންކިންގެ އެންމެ ފުލުން ހަތްވަނަ ލިބުނީ ސްރީލަންކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް