ޒިންމާދާރުކަން ކުޑަ ދަރަނިވެރިކަމަކީ ފޮނި އަނގައަކުން ފިލާނެ ކަމެއް ނޫން ކަމުގައި ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
މިހެން ވިދާޅުވެ ޒަރިޔަންދު ޓްވީޓް ކުރައްވާފައި މިވަނީ ދަޢުލަތުގެ ބަޖެޓުގެ ދަރަނި އަތް ނުފޯރާ ފަށުގައި ވާއިރުވެސް ސަރުކާރުން މި އަހަރު ކަނޑައެޅި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓު ބަހުސް ކޮމެޓީ އިން ފާސް ކޮށްފައިވާތީ، އެކަމަށް ޢިޝާރާތް ކުރައްވަ އެވެ.
ޒަރިޔަންދު ވިދާޅުވެފައިވަނީ މަޖިލީހުގެ ބަޖެޓް ބަހުސްގެ ރެކޯޑިންގ ތައް އަޑު އެއްސެވި ކަމަށާއި، ގިނަ ބޭފުޅުން ބަޖެޓް ބެއްލެވިހެން ހީފުޅުނުވާ ކަމަށެވެ. އަދި ބައެއް މެންބަރުންގެ ވާހަކަަފުޅު ބޮޑަށް ވައްތަރުވަނީ އަޅަކު ސާހިބު މީހާއަށް ހުޝާމަދު ކުރާހެން ކަމުގަ އެވެ.
އިތުރު ކުރި ބައިގައި ހިމެނެނީ ރަށްރަށުގެ މަޝްރޫއުތަކާއި، ރައްޔިތުންގެ މަޖިލީހާއި، ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި، މިނިވަން 7 މުއައްސަސާއެއްގެ ބަޖެޓަށް އިތުރުކުރި ރުފިޔާއެވެ. އެހެންކަމުން މިހާރު ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު ވަނީ 36.9 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
އިސްމާއިލް ޒަރިޔަންދަކީ ސަރުކާރުގެ އޮޑިޓިންގ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް