ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް!

ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރާތީ އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކްގަ...

20 Nov 2021 | 09:49

ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރާތީ އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކްގައި ކްރިސްޓިއަން ދީނާ ބެހޭ މައުލޫމާތު ދީ، އެ ދީން ރާއްޖޭގައި ފަތުރަން ޕޯޓުތަކެއް ކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބަލަމުންދާ އެ މައްސަލައިގަ އާންމުކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވަނީ ކްރިސްޓިއަން ދީނާ ގުޅޭ ކުރެހުމަކާއެކު، އެ ދީނުގެ މައުލޫމާތު ދޭ ވެބްސައިޓެއްގެ ލިންކު ހިމަނައިފަ އެވެ. އަދި އެ މައުލޫމާތުތައް ދެމުން ދަނީ ދިވެހި ބަހުންނެވެ.

މީގެ ކުރިންވެސް ކްރިސްޓިއަން ދީން ފެތުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން އެ ދީނާއި ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައް ސޯޝަލް މީޑިއާގައި ދައުރު ކުރެ އެވެ. އަދި ގިނަ ދިވެހިން ފާޅުގައި އެކި ސޯޝަލް މީޑިއާ އެކައުންޓުތަކުން އިސްލާމް ދީނާއި ދެކޮޅަށްވެސް ހިޔާލުފާޅުކޮށް ހަދަ އެވެ.

އެކަމަކު ފުލުހުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް