މިފްކޯގެ ފިހާާރަ ފަޅާލުމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މިފްކޯގެ މަސްފިހާރަ ފަޅާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަަންދަށް 15 ދުވަސް ޖަހައިފިއެވެ. މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ހުންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އެ...

20 Nov 2021 | 09:46

މިފްކޯގެ މަސްފިހާރަ ފަޅާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަަންދަށް 15 ދުވަސް ޖަހައިފިއެވެ.

މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ހުންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އެންމެ ބޮޑު މަސްފިހާރަ ފަޅާލާފައި ވަނީ މިމަހުގެ 17 ވަަަނަ ދުވަހުގެ ރޭ އިރު އޮއްސި 18:50 ހާއިރުއެވެ.

މި މައްސަލައިގެ ތުހުމަތުގައި އެ ހާދިސާ ހިނގި ރޭގައި ފުލުހުން ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މީޑިއާ ތަަކަށް މަޢުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވިގޮތުގައި މި ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ 17 ވަނަ ދުވަހުގެ ރޭ 19:55 ހާއިރުއެވެ.

އެގޮތުން މިފްކޯ މަސްފިހާރައިގެ ދޮރު ހަލާކު ކޮށްލާފައި ވަނީ މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ދޮރު ނިވާވާނެހެން ކުރިމަތީގައި ސަތަރި ގަނޑެއް އަޅައިގެންނެވެ. އަދި ފިހާރަ ފަޅާލުމަށްފަހު 30،000 އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް