ތަރައްޤީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެެވެ.
ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްޑދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށް ގެންދާ ބޮޑެތި ބައެެއް މަ ޝްރޫޢުތަކުގެ މައްޗަށް އަލި އަޅުވާލައްވާ ވިދާޅުވީ ޚާއްޞަ ގޮތެއްގޮތެއްގައި ކުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓަރޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަޙައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަރައްޤީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާއި ގުޅޭގޮތުންނާއި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރެއްވި އެވެ. ނެއްލައިދޫ ސްކޫލާއި ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކުރައްވާފަ އެވެ.
ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް އިތުރު އިންސާނީ ވަޞީލަތްބޭނުންވާކަމާއި ޚިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ވެސް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެއްލައިދޫ ސްކޫލަށް ޒިޔާރަތްކޮށްލައްވައި ސްކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ 2 ކްލާސްރޫމާއި ސްކޫލް ބައްލަވާލައްވާފަ އެވެ. އަދި ނެއްލައިދޫ ޞިއްހީމަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވެސް ވަނީ ބައްލަވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް