އުރީދޫ އިން ހިޔާ ފްލެޓް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އުރީދޫ އިން ބުނީ މިއީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް އަމާޒުކޮށް އުރީދޫން ބާއްވާ ހަވީރެއް ކަމަށެވެ. އަދި މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށެވެ.
މި ހަވީރުގައި ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި ކުދިންގެ އާއިލާތަކުން ބައިވެރިވުމަށް އުރީދޫން އެދޭ އިރު، ކުޑަކުދިންނާ ގުޅޭ ވަރަށް ގިނަ ކަންކަން ނުވަތަ ކުޅިވަރުތައް ރޭވިފައިވާ ކަަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން ސްނޭކް އެންޑް ލެޑަރ، ކުލަޖެއްސުން ފަދަ ހަރަކާތްތައް ހިމެނޭ ސްޓޯލްތައް ހުންނާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފަރާތުން ލައިވް މިއުޒިކު ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން އުރީދޫގެ ސްޕެޝަލް އޮފަރތަކެއް ވެސް މި ހަވީރުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް