ލޮލަށް ބަލައިފިނަމަ ލޯބި ވެވިދާނެތީވެ އާމިރުގެ ނާޑުވާ އަށް ވެސް ބެލިން: ރާނީ

ބޮލީވުޑްގެ މަޝްހޫރު ބަތަަލާ ރާނީީ މުކަރުޖީ އާމިރް ޚާން އާއި އެކުގައި ކުޅެފައިވާ ފިލްމުތަކުގައި އާމިރް ދެކެ ލޯބި ވެވިދާނެ ކަމުގެ ބިރުހީވެ، އާމިރުގެ ލޮލަށް ބަލަންޖެހޭ ރޮމޭންޓިކް ހާލަތްތަކުގައި އާމިރުގެ ...

20 Nov 2021 | 06:03

ބޮލީވުޑްގެ މަޝްހޫރު ބަތަަލާ ރާނީީ މުކަރުޖީ އާމިރް ޚާން އާއި އެކުގައި ކުޅެފައިވާ ފިލްމުތަކުގައި އާމިރް ދެކެ ލޯބި ވެވިދާނެ ކަމުގެ ބިރުހީވެ، އާމިރުގެ ލޮލަށް ބަލަންޖެހޭ ރޮމޭންޓިކް ހާލަތްތަކުގައި އާމިރުގެ ބޫޓުގެ ނާޑުވާ އަށް ބެލިން ކަމުގައި ދާދި ފަހުން ބުނެފި އެވެ.

ރާނީ މިކަން ހާމަ ކޮށްފައިވަނީ މިދިޔަ ހަފްތާގައި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި، އެއްވެސް ސީނިއަރ އެކްޓަރަކާއިއެކު އެކްޓު ކުރަން ޖެހުމުން ހިތަށް ނުތަނަވަސް ކަން އިޙްސާސް ވިތޯ ކަޕިލް ކުރި ސުވާލުގެ ޖަވާބު ދެމުން ނެވެ.

ކަޕިލްގެ ސުވާލަށް ޖަވާބު ދެމުން ރާނީ ބުނެފައިވަނީ "ކުޗް ކުޗް ހޯތާ ހޭ" ގައި ޝާހުރުކް ޚާން އާއި އެކު މަސައްކަތް ކުރަން ޖެހުމުން ހިތަށް ނުތަނަވަސް ކަން އިހްސާސްވެ ބިރުން އުޅެވުނު ކަމަށެވެ.

ރާނީ ބުނެފައި ވަނީ އާމިރް އާއި ޝާހުރުކް ފެނި ހިތުގެ ވިންދު އަވަސްވީ އޭނާގެ އުމުރުން 17-16 އަހަރުގައި ކަމަށެވެ.

މިގޮތުން 1998 ގައި ރާނީ އާއި އާމިރް ހާން ލީޑް ރޯލުން ފެނިގެންދިޔަ "ގުލާމް" ގައި ލޯބީގެ މަންޒަރެއްގައި އާމިރްގެ ލޮލަށް ބަލައިފިނަމަ އާމިރު ދެކެ ލޯބި ވެވިދާނެ ކަމުގެ ބިރު ހީވި ކަމުގައި ބުނެފައި ވެއެވެ. އެހެންކަމުން ލޮލަށް ބެލުމުގެ ބަދަލުގައި އާމިރުގެ ބޫޓުގެ ނާޑުވާ އަށް ބަލަން ހުރި ކަމަށް ރާނީީ ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޝޯގައި ވާހަކަ ދައްކަމުން ރާނީ ބުނެފައި ވަނީ އޭނާ އަށް ލޯބީގެ މަންޒަރުތައް ކުޅެން ދަސްކޮށް ދިނީ ވެސް އާމިރު ޚާން އެވެ.

ރާނީ މުކަރުޖީ އަކީ 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ފިޔަޖަހަން ފެށި ކުޅަދާނަ އެކްޓްރެސް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް