އައްޑޫ ސިޓީގައި ތަރައްޤީ ކުރެވިފައިވާ ކެނެރީފް ރިސޯޓަށް އަށް ދާއިރާ އަކުން މުވައްޒަފުން ހޯދަން އިއުލާނު ކޮށްފިއެވެ.
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި މި ވަނީ ދެ އަހަރު ވަންދެން ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު އެވެ. އެގޮތުން އަންނަ މަސް ތެރޭގައި އަލުން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކެނެރީފް ރިސޯޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުވައްޒަފުން ހޯދަނީ ކިޗަން ޓީމަށާއި، އިންޖިނިއަރިންގެ ވަޒީފާ ތަކަށާއި، ފްރޮންޓް އޮފީހާއި، ސެކިއުރިޓީ އަދި ފައިނޭންސް ޑިޕާޓްމެންޓަށާއި، ގާޑެން އާއި، އެފްއެންޑްބީ އަދި ހައުސްކީޕިން އަށެވެ.
މި ވަޒީފާތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާ އަކުން ލިބިފައިވުމެވެ. މީގެ އިތުރުން މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަށް އެދި[email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
މިއީ އައްޑޫ ސިޓީގައި ދެވަަނަ އަށް ތަރައްޤީ ކުރެވުނު ރިސޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް