ޖަރުމަން ލީގު: އޮގްސްބާގް އަތުން ބަޔާން ބަލިވެއްކެ

ޖަރުމަން ލީގުގައި ރޭ އޮގްސްބާގާއި ދެކޮޅަށް ކުޅުނު މެޗުން ވަރުގަދަ ބަޔާން މިޔުނިކް ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން ބަޔާން ބަލިވީ 1-2 ގެ ނަތީޖާއިންނެވެ. އޮގްސްްބާގުގެ ފަރާތުން ރަނގަޅު ކ...

20 Nov 2021 | 03:58

ޖަރުމަން ލީގުގައި ރޭ އޮގްސްބާގާއި ދެކޮޅަށް ކުޅުނު މެޗުން ވަރުގަދަ ބަޔާން މިޔުނިކް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ބަޔާން ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.

އޮގްސްްބާގުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އޮގްސްބާގުންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޑްސް ޕެޑަސަންއެވެ. މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ އޮގްސްބާގުންނެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އޮގްސްބާގަށް ކާމިޔާބު ކޮށްދިނީ ލަގޯ އަމެރަލް ބޮޑޫޗީގެ އެހީތެރި ކަމާއި އެކު އެންޑްރޫ ހަންއެވެ. އޮގްބާގުގެ ދެވަނަ ލަނޑު ޖެހިތާ ތިން މިނެޓުފަހުން ބަޔާންއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ބަޔާނައަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާގެ އެހީތެރިކަމާއި އެކު ރޮބަޓް ލެވެންޑޯސްކީއެވެ.

އެއް ލަނޑުގެ ލީޑަކާއި އެކު ކުރީގައި އޮވެ މެޗުގެ ފުތަމަ ހާފު އޮގްސްބާގުން ނިންމާލިއިރު، ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުލެފައިވަނީ ބަޔާނުންނެވެ. އެގޮތުން ބަޔާންއިން ގިނަ ހަމަލާތަކެއް އޮގްސްބާގުގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވެއެވެ. ނަމަވެސް އެޓީމުން ނަތީޖާ އަނބުރާލަން ކުރިމަސައްކަތްތައް ވަނީ ބޭކާރުވެފައެވެ. މެޗު ނިމިގެން ދިޔައީ އިތުުރު ލަނޑެއް ކާމިޔާބު ނުކުރެވި ބަޔާން ބަލިވެގެނެވެ.

މި ނަތީޖާ އާއި އެކުވެސް އަދިވެސް ތާވަލުގެ ކުރީގައި އޮތީ ބަޔާންއެވެ. އެޓީމުން ތާވަލުގެ އެންމެ ކުރީގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ. ބަޔާންއާއި ޖެހިގެން ތާވަލުގެ ދެވަނާގައި އޮތީ ބޮރޫޝިއާ ޑޯޓްމުންޑެވެ. އެޓީމު ދެވަނާގައި އޮތީ ބަޔާން އަށް ވުރެ އެއްމެޗު މަދުން ކުޅެގެން 24 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް