ޑި ބްރެއިނާ ކޮވިޑް-19 އަށް ފައްސިވެއްޖެ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. ސިޓީން އާންމުކުރި ބަޔާނެއްގައި ޑި ބްރެއިނާއަށް ކޮވިޑް ޖެހިފައިވާކަން ކަށަވަރުކޮށްދީފައ...

20 Nov 2021 | 03:31

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

ސިޓީން އާންމުކުރި ބަޔާނެއްގައި ޑި ބްރެއިނާއަށް ކޮވިޑް ޖެހިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، އެ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ކޮވިޑް އަށް ފައްސިވެފައިވާ ކަން އެނގުނީ ނިމިގެން ދިޔަ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި ސިޓީ އަށް އައިސް ހެދި ކޮވިޑް ޓެސްޓުންނެވެ.

ޑި ބްރެއިނާ ކޮވިޑަށް ފައްސިވެފައިވާއިރު، އޭނާ މިހާރު ހުރީ 10 ދުވަހުގެ މުއްދަތަށް އެކަހެރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެއެވެ. އެގޮތުން  އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ބުދަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާ ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭ މެޗު ހިމެނެ އެވެ.

ޑި ބްރެއިނާ އަކީ ސިޓީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިއަކަށް ވާއިރު، އޭނާ އާއި ނުލާ ސިޓީއަށް މުހިންމު މެޗުތަކެއް ކުޅެން ޖެހުމަކީ ފޫބައްދަން އުނދަގޫ ކަމަށް ވާނެ ކަމަށް ސިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް