މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒުނާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރާޅުގަނޑު ...

19 Nov 2021 | 19:16

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރާޅުގަނޑު ސަރަޙައްދުގައެވެ.

މުލަ މޯލްޑިވްސް އަކީ ދިވެހި ބްރޭންޑެކެވެ. މި ބްރޭންޑް އިފްތިތާޙުކުރުމުގެ ގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމް.ބީ.ބީ.އޭ) އިން ވަނީ މިމަހުގެ 17 އިން 19 އަށް ބޮޑީބޯޑިން މުބާރާތެއް ބާއްވާފަ އެވެ. މި މުބާރާތުގައި 28 ސާރފަރސް ވާދަކޮށްފައި ވެއެވެ.

މި މުބާރާތުގެ ފައިނަލަށްފަހު، ރަސްމީކޮށް ބްރޭންޑް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މުލާ ބޮޑީބޯޑިންގ ޗެލެންޖް ނިމުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް