ފާއިތުވި 24 ގަޑި އިރު، 124 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 20 މީހަކާއި އަތޮޅުތެރެއިން 87 މީހަކާއި ރިސޯޓުތަކުން 17 މީހެއް ކަމަށެވެ.
މިއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 90,464 އަށް ވަނީ އަރާފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 80 މީހުން ބަލިން ރަނގަޅުވެ، ކޮވިޑު ބަލިން ފަސޭހަވީ މީހުންގެ އަދަދު 88،119 އަށް ވަނީ އަރާފަ އެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 2،084 މީހުންނަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 16 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 247 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 230 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް