ލަންކާ ބަލިކޮށް ސީޝެލްސް އިން ފޯ ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި

ސްރީލަންކާގައި ކުރިއަށް ގެންދިޔަ ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސީޝެލްސް އިން ހޯދައިފި އެވެ. ސީޝެލްސް އިން ޗެމްޕިއަންކަން ހޯދީ ސްރީލަންކާ ބަލިކޮށްފަ އެވެ. ފައިނަލް މެޗުގެ ފުރިހަމަ...

19 Nov 2021 | 19:03

ސްރީލަންކާގައި ކުރިއަށް ގެންދިޔަ ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސީޝެލްސް އިން ހޯދައިފި އެވެ.

ސީޝެލްސް އިން ޗެމްޕިއަންކަން ހޯދީ ސްރީލަންކާ ބަލިކޮށްފަ އެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 ގެ ނަތީޖާގައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި 3 ލަނޑު 1 ލަނޑުން ކުރިހޯދީ ސީޝެލްސް އެވެ.

ޕެނަލްޓީގައި ސީޝެލްސް އިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައިވާ އިރު، ޕެނަލްޓީގައި ލަންކާއަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ.

ހަތަރު ޤައުމުގެ މެދުގައި ކުރިއަށް ގެންދިޔަ ފޯ ނޭޝަންސް ކަޕް ގައި ބައިވެރިވެފައިވަނީ ރާއްޖެ، ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.

މި މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް