އެމޭޒަން ވެބް ސާވިސްއަށް ވަރުގަދަ ލޮޅުންތަކެއް – މުޅި ދުނިޔޭގެ އިންޓަނެޓުގެ އެކި ޚިދުމަތްތަކަށް އަސަރު ކުރަމުން ދަނީ !

އެމޭޒަން ވެބް ސާވިސަސް (އޭޑަބްލިއުއެސް) ޚިދުމަތަށް ލޮޅުންތަކެއް އަރައި ދުނިޔޭގެ އިންޓަނެޓު ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުން އެބަ ދެއެވެ. މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ފެށިގެން ކުއްލިއަކަށް ...

20 Oct 2025 | 10:20
މިކަމުގެ ސަބަބުން އަސަރުކޮށްފައިވާ ބައެއް ޚިދުމަތްތައް -

މިކަމުގެ ސަބަބުން އަސަރުކޮށްފައިވާ ބައެއް ޚިދުމަތްތައް -

އެމޭޒަން ވެބް ސާވިސަސް (އޭޑަބްލިއުއެސް) ޚިދުމަތަށް

ލޮޅުންތަކެއް އަރައި ދުނިޔޭގެ އިންޓަނެޓު ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް

އަރަމުން އެބަ ދެއެވެ.

މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ފެށިގެން

ކުއްލިއަކަށް މިކަމުން އަސަރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އެމޭޒަން،

އެލެކްސާ، ސްނެޕްޗެޓް، ފޯޓްނައިޓް، ޗެޓް ޖީޕީޓީ، އެޕިކް ގޭމްސް ސްޓޯރްފަދަ

ޚިދުމަތްތައް ހިމެނެއެވެ.

ރާއްޖޭގައި އިންޓަނެޓް ޚިދުމަތް ދެމުން އަންނަ އުރީދޫ

މޯލްޑިވްސް އިންވެސް މިއަދު ބުނެފައިވަނީ އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ

ޚިދުމަތްތަކަކަށް ބުރޫއަރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށާއި މި ވަގުތުގައި

ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑުން ނުވަތަ ޚިދުމަތް ލަސްވުންފަދަ ކަންކަމާ މިވަގުތު

ދިމާވުން އެކަށީގެންވާކަމަށެވެ.

އެމޭޒަން ވެބް ސާވިސަސް އަކީ ކްލައުޑް ކޮމްޕިއުޓިންގ

މާކެޓްގައި އެންމެ ކުރީގައި އުޅޭ ޚިދުމަތެވެ. އެމޭޒަންގެ ޚިދުމަތްތަކަށް ކްލައުޑް ކޮމްޕިއުޓިން

ޚިދުމަތް ދޭން ފެށި އޭޑަބްލިއުއެސްގެ ޚިދުމަތް ބޮޑެތި ޓެކް ކުންފުނިތަކުންނާއި ގޭމިން

ޕްލެޓްފޯމްތަކުންނާއި ބޭންކުތަކުން ބޭނުންކުރަމުންދެއެވެ.

ކްލައުޑް ކޮމްޕިއުޓިންގެ 30 އިންސައްތަ ހިއްސާކުރަމުން އަންނަ އޭޑަބްލިއުއެސްއަށް ދިމާވާ ކޮންމެ

ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކަމުން އަސަރު ކުރާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް