ދުވަހުގެ މޫސުން: ވިއްސާރަ ދުވަހެއް - ކަނޑުވެސް ގަދަ ދުވަހެއް

ދުވަހުގެ މޫސުމަށް ބަލައިލާއިރު ހުރިހާ ފަރާތްތަކުންވެސް މިއަދު މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ...

20 Oct 2025 | 01:41
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު ހުރިހާ

ފަރާތްތަކުންވެސް މިއަދު މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް

އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ

މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު

ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު

ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދުގެ ވައިގެ އާންމު ބާރުމިނަށް ބަލައިލާއިރު

ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި

ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސަބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި

ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެފައިވެއެވެ.

ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ ހުރިހާ

ހިސާބެއްގައިވެސް ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން

ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމުގައިވެސް މެޓުން

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް