އިންޑިއާގެ ބަތޮލާ އަމީރާ ދަސްތޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
އޭނާގެ އިންސްޓަގްރާމް ޕްރޮފައިލުން އެނގޭގޮތުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ މިރިލަންދޫ ރިސޯޓުގައެވެ.
އަމީރާ ދަސްތޫރަކީ 2013 ވަނަ އަހަރުން ފެށިގެން ހިންދީ، ތެލެގޫ، ތަމިލް އަދި ޕަންޖާބީ ފިލްމުތައް ކުޅެމުން އަންނަ ތަރިއެކެވެ.
އަމީރާ ކުޅެފައިވާ މަގްބޫލު ހިންދީ ބައެއް ފިލްމުތަކަށް ބަލައިލާއިރު މޭޑް އިން ޗައިނާ، ޕްރަސްތަނަމް އަދި ޖޯގީ ހިމެނެއެވެ.
އުމުރުން 31 އަހަރުގެ އަމީރާ އަދި ހުރީ ހުސްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް