ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިމަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާން ޒާހިރު ވިދާޅުވެއްޖެއެެވެ.
އެންޑީއޭއިން ބުނީ، މިދިޔަ ފަސް އަހަރު ތެރޭގައި ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާފައި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށެވެ.
މީގެއިތުރުން ލުބްނާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައިވެސް އިންތިޒާމުތައް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ނ. ވެލިދޫ އަދި ކ.ކާށިދޫގެ އިތުރުން ލ.ގަމުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތައް އައުޓްޕޭޝަންޓް ފަރުވާގެ އިންތިޒާމް ހަމަޖެއްސުމަށް ކަން ވެސް ފާހަގަކުރިއެވެ. އަދި އެ އިންތިޒާމު ހަމަޖެއްދުމަށް ހުއްދަ ލިބިފައިވާ ކަމަށާއި އޭރުން އެކި ހޮސްޕިޓަލްތައް މެދުވެރިކޮށް އެ ފަރުވާ ދެވެޭނެ ކަން އޭނާ ފާހަގަ ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް