ބުޅާ މަހުން ކާއެއްޗެހި ތައްޔާރު ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާތީ އެ މައްްސަލަ ތަހުގީގު ކުރުން ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މިދިޔަ އޮގަސްޓު މަހު20 ވަނަ ދުވަހު، ބުޅާ މަހުން ކާއެެއްޗެހި ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތުކޮށް، ތަހުގީގު ކުރަން ފެށި މައްސަލައިގައި، އެކަމާއި ގުޅުން ހުރި އެއްވެސް ހެއްކެއް ފެނިފައި ނުވާތީ މައްސަލަ ތަހުގީގު ކުރުން ނިންމާލާއި، އެ މައްސަލައިގައި ތުހުމަތު ކުރެވުނު ބަަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ޑީޕޯޓު ކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގެންގޮސް އެ ކައްކައިގެން ވިއްކާ ކަމަށް ތުހުމަތުކޮށް އޭނާ ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުންނެވެ.
އެގޮތުން އިމިގްރޭޝަނާ ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދައި ހައްޔަރުކޮށް، އޭނާ އުޅުނު ގެ ބަލާ ފާސްކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި، ގަރީނާ ލިބިފައި ނުވާތީ، އެ މައްސަލަައިގައި ފުލުހުން ކުރަމުން އައި ތަހުގީގު ނިންމާލާފައި ވާ ކަމަށެވެ.
އަދި އޭނާ އިމިގްރޭޝަނާ ހަވާލު ކުރުމުން އިމިގްރޭޝަނުން އޭނާ ޑީޕޯޓު ކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް