ނޮވެމްބަރު 10 ބަންދު ކަމުގައި ރައީސް ނިންމަވައިފި – ހަތަރު ދުވަހުގެ ޗުއްޓީއެއް

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެގޮތުން ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ ...

20 Oct 2024 | 10:03

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެގޮތުން ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ 2024 ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11 ވަނ ދުވަހަކީ ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރުގެ ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ (2024 ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތައް މެދުކެނޑުމެއްނެތި، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

މި ބަދަލާއެކު ހުކުރު ހޮނިހިރު ހިމެނޭހެން ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް