ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ސަމޯއާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް، ކޮމަން ވެލްތް އިސްވެރިންގެ ބައްދަލުވުމުގައި ބައިވެވަޑައިގަތުމަށް މިއަދު ސަމޯއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ...

20 Oct 2024 | 09:54

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް، ކޮމަން ވެލްތް އިސްވެރިންގެ ބައްދަލުވުމުގައި ބައިވެވަޑައިގަތުމަށް މިއަދު ސަމޯއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ކޮމަންވެލްތް އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

2024 ވަނަ އަހަރުގެ ކޮމަންވެލްތް އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ21 ވަނަ ދުވަހުން26 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް