ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާ ވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ނަޑެއްލާގެ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މަޑުކޮށްފައިއޮތް ރަށު ޕިކަޕެއްގެ ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. ރޭ ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލުގައި ތިބި18 އަހަރުގެ ދެ މީހުންނާއި ޕުކަޕު ކައިރީގައި ހުރި އުމުރުން47 އަހަރުގެ މީހާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި، ސައިކަލު ދުއްވި މީހާ އަދި ޕިކަޕް ކައިރީގައިި ހުރި މީހާ މިހާރު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް