ވޭޕް ވިޔަފާރިތަކުން މިއަދުން ފެށިގެން ފިހާރަތައް ބަންދުކޮށްފި !

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް ހިމޭން އިހްތިޖާޖެއް ކުރުމުގެ ގޮތުން ވޭޕާއި އެއާގުޅޭ ތަކެތި ވިއްކާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގައި މ...

20 Oct 2024 | 08:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް ހިމޭން އިހްތިޖާޖެއް ކުރުމުގެ ގޮތުން ވޭޕާއި އެއާގުޅޭ ތަކެތި ވިއްކާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގައި މިއަދު ތަޅު އަޅުވައިފިއެވެ.

މި ހިމޭން އިހްތިޖާޖުގައި މާލެ، ހުޅުމާލެ ސަރަހައްދުގައި ވޭޕް ވިޔަފާރި ކުރާ ހުރިހާ ވިޔަފާރިއެއްހެން ބައިވެރިވާއިރު، ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އިހްތިޖާޖުގެ ބައިވެރިއަކު ބުނީ މިގޮތަށް ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

"މަޝްވަރާ ކުރުމެއްނެތި، ދުރާލާ އަންގާލުމެއްނެތި ކުރު މުއްދަތެއް ދިނުމަށްފަހު މަނާކުރަން ނިންމި ނިންމުން ބަލައެއް ނުގަނެވޭ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

އެފަރާތުން ބުނީ މިއީ ރާއްޖޭގައި މި ފަހުން އަލަށް އިމާޖްވި ވިޔަފާރިއަކަށް ވެފައި ބޮޑެތި ލޯނުތަކާއި ގުރުބާނީތައް ވެގެން ވިޔަފާރިތައް ފެށިތަނުން ކަހަލަ ގޮތަކަށް އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުން އެކަމުގެ ހުރި ގެއްލުމާއި ގޮންޖެހުން އެ ވިޔަފާރިތަކަށް އިންތިހާ ކަމަށެވެ. އެގޮތުން އެއިން ކޮންމެ ތަނެއްގައިވެސް މުވައްޒަފުން ތިބުމާއި ބިމު ކުއްޔާއި ގުދަން ކުއްޔާއި އެހެނިހެން ބައިވަރު ޚަރަދުތަކެއް ހިނގާ ވިޔަފާރިއެއްގައި އަދި ގުދަން ކުރެވިފައި ހުރި ސްޓޮކަށްވެސް ދެން ވާނެ ގޮތެއް ނޭނގޭ ހާލަތުގައި އަދި ހަމަ އެހެންމެ މުވައްޒަފުން ވަކި ކުރާނަމަ ޤާނޫނު ލާޒިމު ކުރާ މުއްދަތު ދިނުމާއި މިފަދަ އެތައް އެތައް ގޮންޖެހުންތަކެއް ހުރުމުން މިއަދުން ފެށިގެން ވިޔަފާރި ހުއްޓާލައި ގެއަށް ވަންނަން ނިންމީ ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް