ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގެ ބިބް އަދި ރޭސް ކިޓް ނަގައިފިންތަ؟

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ. މިއަހަރުގެ ޑީ.އެމް.އާރް.އާރް ބިބް އެކްސްޕޯ ދަނީ 17 އޮކްޓޫބަރުން ފެށިގެން އަމީނީ މަގުގައި ހުނ...

20 Oct 2024 | 05:54

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.

މިއަހަރުގެ ޑީ.އެމް.އާރް.އާރް ބިބް އެކްސްޕޯ ދަނީ 17 އޮކްޓޫބަރުން ފެށިގެން އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކުރިއަށްދަމުންނެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެއެވެ. އަދި 22 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް ތިރީގައި މިވާ ވަގުތުތަކުގައި ބައިވެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ނެގޭނެއެވެ.

  • މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.

ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. މިއަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ  ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.

ޑީ.އެމް.އާރް.އާރް 2024 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް