އިސްރާއީލުން ޣައްޒާގެ ބެއިތު ލަހިޔާއަށް ވަރުގަދަ ހަމަލާތަކެއް – ސަހީދުވި މީހުންގެ އަދަދު 73 އަށް

ޣައްޒާގެ އުތުރުގައި ޖަބާލިޔާ ކައިރީގައި އޮންނަ ބެއިތު ލަހިޔާ ސިޓީއަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާއި ގުޅޭގޮތުން ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ ސަހީދުވެފައިވ...

20 Oct 2024 | 01:49

ޣައްޒާގެ އުތުރުގައި ޖަބާލިޔާ ކައިރީގައި އޮންނަ ބެއިތު ލަހިޔާ ސިޓީއަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކާއި ގުޅޭގޮތުން ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ ސަހީދުވެފައިވާ މީހުންގެ އަދަދު 73 އަށް އަރާފައިވާއިރު އެތައް ބަޔަކު ޒަޚަމްވެ އަދި އެތައް ބަޔަކު މި ހަމަލާތަކުގެ ސަބަބުން ގެއްލިފައިވެސް ވާކަމަށެވެ.

އެ އޮފީހުން ބުނެފައިވާގޮތުގައި އިސްރާއީލުން މި ހަމަލާތައް އަމާޒުކުރީ ގިނަ ބަޔަކު ދިރިއުޅެމުންދިޔަ ސަރަހައްދަކަށެވެ. އަދި މި ހަމަލާ ދީފައިވަނީ ދުރާލާ އެއްވެސް އިންޒާރު ދިނުމަކާއިވެސް ނުލާކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު އިއްޔެގެ ނިޔަލަށް މި ހަމަލާތަކުގައި ޣައްޒާއިން ސަހީދުވި މީހުންގެ އަދަދު ވަނީ 45،519 އަށް އަރާފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ 99،637 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް