ދުވަހުގެ މޫސުން: ރާއްޖޭގެ މޫސުން ރަނގަޅު – ސަރަހައްދީ މޫސުން އެހާއެއް ނޫން !

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިނ...

20 Oct 2024 | 01:23

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުގެ މޫސުމީ އެ ބުލެޓިންގައި ފާހަގަކޮށްފައިވާގޮތުގައި މިއަދު ވައިވެސް ގަދައެއް ނޫނެވެ. އަދި މިއަދަކީ ކަނޑުތައްވެސް އާދައިގެވަރަކަށް މަޑު ދުވަހެކެވެ.

ސަރަހައްދީ މޫސުމަށް ބަލައިލާއިރު ބަންގާޅު ކަނޑުން އަންޑަމަން ކަރަ ކައިރީގައި "ސައިކްލޯނިކް ސާކިއުލޭޝަން"އެއް އުފެދިފައިވާކަން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިއްޔެ ފާހަގަކޮށްފައިވެއެވެ. އިންޑިއާގެ މެޓުން ފާހަގަކުރާގޮތުގައި އެ ސާކިއުލޭޝަންގެ ބާރުގައި ބަންގާޅުކަނޑުގެ އިރުންމެދުގައި މާދަމާގެ ވަގުތެއްގައި "ލޯ ޕްރެޝަރ އޭރިއާ"އެއް (ކޮޅިގަނޑެއް) އުފެދުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މި ހަފްތާގެ ބުދަ ހާ ތާނގައި އެ ކޮޅިގަނޑުގެ ގިންތި "ޑިޕްރެޝަން" އަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

މީގެ އިތުރުން އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު "ވެލް މާކްޑް ލޯ ޕްރެޝަރ އޭރިއާ"އެއްގެ ގޮތުގައި (ކޮޅިގަނޑެއް)ގެ ގޮތުގައި ދަތުރުކުރަމުން ދަނީ ޔަމަން-އޮމާން އައްސޭރިއާއި ދިމާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް