އެމެރިކާއަށް ނިސްބަތްވާ ދެ އަސީރަކު ހަމާސްއިން ދޫކޮށްލައިފި

އިޒްރޭލަށް ވަދެގަނެ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ އަސީރުންގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ދެ އަސީރަކު މިނިވަންކޮށްފައިވާކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ. އެ ޖަމާއަތުން މިކަން ހާމަކުރަ...

20 Oct 2023 | 18:37

އިޒްރޭލަށް ވަދެގަނެ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ އަސީރުންގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ދެ އަސީރަކު މިނިވަންކޮށްފައިވާކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

އެ ޖަމާއަތުން މިކަން ހާމަކުރަމުން ހަމާސް ޕޮލިޓިކަލް ބިއުރޯގެ މެންބަރު ޤާޒީ ހަމަދު ބުނެފައިވަނީ އެ ދެމީހުން ދޫކޮށްލަނީ ހެޔޮ ހިތުން ހެޔޮ ނިޔަތެއްގައި ކަމަށެވެ.

އަދި އެކަން އެގޮތަށް ކުރަނީ އެމެރިކާއިން ބަދަލުގެ ގޮތުގައި އެއްޗެއް ލިބޭތީކީ ނޫން ކަމަށްވެސް ހަމާސް އިން ބުނެފައިވެއެވެ. އަދި އެކަން އެގޮތަށް ކުރުމުގެ އެއް މަގްސަދަކީ ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ނޫންކަން ހާމަކުރުމުގެ ނިޔަތުގައި ކަމަށްވެސް ޤާޒީ ހަމަދު ބުނެފައިވެއެވެ.

އޮކްޓޯބަރު ހަތެއްގައި އިޒްރޭލަށް ވަދެގަނެ ހަމާސް އިން 200 އެއްހާ މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް