އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ފެނަށް ޖެހިއްޖެ

އިސްރާއީލު ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޒަރޫރީ ވަސީލަތްތައް އެކީއެކަށް ހަލާކުވެ މުޅި ޣައްޒާ ބޯފެނަށް ޖެހިއްޖެއެވެ. މިހާރު ޣައްޒާގެ ދެމިލިއަނެއްހާ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގައެވެ. ކާބޯތަކެއ...

20 Oct 2023 | 18:14

އިސްރާއީލު ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޒަރޫރީ ވަސީލަތްތައް އެކީއެކަށް ހަލާކުވެ މުޅި ޣައްޒާ ބޯފެނަށް ޖެހިއްޖެއެވެ. މިހާރު ޣައްޒާގެ ދެމިލިއަނެއްހާ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގައެވެ.

ކާބޯތަކެއްޗާއި ކަރަންޓް ފަދަ އަސާސީ ބޭނުންތަކަށް ވެސް ބުރޫ އަރައި މުޅި ސަރަހައްދުގެ ހާލަތު ވަނީ ނާޒުކު ހިސާބަކަށް ގޮސްފަ އެވެ.

ފެނުގެ ދަތިކަން ފެށުނީ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. 650،000 އަށް ވުރެ ގިނަ މީހުންނަށް މިކަމުން އަސަރު ކޮށްފައި މިވަނީ ދާދި ފަހުން ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ އެނާޖީ މިނިސްޓަރު އިސްރާއީލް ކާޓްޒް ޒަރޫރީ ސާމާނު ކަނޑާލިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.

މެޑިޓެރޭނިއަން އައްސޭރިފަށުގައި ވާ ޣައްޒާގެ ފެނުގެ ޕައިޕްލައިންތަކާއި ޑީސެލިނޭޝަން ޕްލާންޓްތަކުގެ ކޮންޓްރޯލް އޮތީ އިސްރާއީލުންގެ އަތުގަ އެވެ. ކަރަންޓު ކެނޑުމުގެ ސަބަބުންނާއި، މިހާރު ހިނގަމުންދާ މިލިޓަރީ އޮޕަރޭޝަންގެ ސަބަބުން ނަރުދަމާ ގެނައުމުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.

އދއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެލުގެ ދަތިކަމުގެ ސަބަބުން އެންމެ ފަހުން ހިންގަމުން ދިޔަ ޑީސެލިނޭޝަން ޕްލާންޓްގެ މަސައްކަތް ހުއްޓާލީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މި ހާލަތުގެ ސަބަބުން ނަރުދަމާ މޫދަށް ދޫކޮށް، އެ ސަރަހައްދުގެ ތިމާވެއްޓާއި ސިއްހީ ކާރިސާތައް ވަނީ އިތުރަށް ގޯސްވެފަ އެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދަށް މަދު ވަގުތުކޮޅަކަށް ފެނުގެ ޚިދުމަތް އަލުން ދީފައެވެ. ނަމަވެސް މި މާއްދާ އާބާދީގެ އެންމެ 14 އިންސައްތައަށް ފޯރާފައިވާ ކަމަށް ޣައްޒާގައި ހުންނަ އދ.ގެ ރިލީފް އެޖެންސީން ބުނެއެވެ. ތެލުގެ ދަތިކަމާއި ވައިގެ ހަމަލާތަކުގެ ސަބަބުން ގިނަ ވޯޓަރ ޓްރަކް އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާއިރު، ރައްޔިތުން މިހާރު ބަރޯސާވަނީ ގިނަ މީހުންނަށް މިހާރު ބޯފެން ލިބެނީ ކުދި ޑީސެލިނޭޝަން ފެސިލިޓީތައް ހިންގާ އަމިއްލަ ފަރާތްތަކަށެވެ.

މާޔޫސްކަމުގެ ސަބަބުން ބައެއް މީހުން ގޮނޑުދޮށުގެ ކައިރީގައި ވަޅުތައް ހަދަމުން އެބަދެއެވެ. ތަޣައްޔަރުވެފައިވާ ބިންގަނޑުން ފެންނަގައިގެން ބޯން ފަށައިފިއެވެ. ތަޣައްޔަރުވެފައިވާ ބިންގަނޑުން ނަގާފެން ބޯން މަޖުބޫރުވެފައިވާ ޣައްޒާގެ ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޖެހުމުގެ ނުރައްކާ އެބައޮތެވެ. ނަރުދަމާ އާއި ކަނޑުގެ ފެނުން ތަޣައްޔަރުވެފައިވާ ޣައްޒާގެ ހަމައެކަނި އެކުއިފަރގެ ލޮނުގަދަ ޓޭޕް ފެނަށް ގިނަ ރައްޔިތުން ބަރޯސާވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް