ފަލަސްތީނުގެ ޣައްޒާއިން ހަމާސް ނައްތާލުމަށްފަހު ޣައްޒާއާއި ހަވާލުވެ ޣައްޒާގައި އާ ސަރުކާރެއް ގާއިމްކުރާނެ ކަމުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޮއަވް ގަލަންޓު ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އެ ގައުމުގެ ފޮރިން އެފެއާޒް އަދި ޑިފެންސް ކޮމިޓީގައި ވާހަކަ ދައްކަމުންނެވެ.
ހަމާސް އަށް އިންޒާރުކުރަމުން އޭނާ ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާނީ ތިން މަރުހަލާ އަކަށް ކަމަށާއި ތިން މަރުހަލާ ނިމޭއިރު ޣައްޒާ އޮންނާނީ އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ.
ހަމާސް އާއި ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށް ބޭރު ދުނިޔެއަށް ދައްކަން މަސައްކަތް ކުރަމުން އިޒްރޭލުން އަންނަނީ ހަނގުރާމައިގެ ޖަރީމާތައް އިންތިހާއަށް ހިންގަމުންނެވެ. ކުށެއްނެތް އެތައް ރައްޔިތަކު މަރަމުންނެވެ. އެހެންނަމަވެސް އިޒްރޭލުގެ އެ އަމަލުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތުން އަންނަނީ މަދަދުވެރިވަމުންނެވެ. އަދި އަރަބި ބޮޑެތި ގައުމުތަކަށްވެސް އެ މަންޒަރު ގާތުން ފެނުނަސް ފިޔަވަޅެއް އަޅާ މަންޒަރެއް ނުފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް