ބޮޑެތި އިސް ވެރިންގެ "ގާހިރާ ސުލްހައިގެ ސަމިޓު" މާދަމާ ފަށަނީ – ނަތީޖާއެއް ނެރެވިދާނެތަ !؟

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުން އަންނައިރު ޢައްޒާގައި އިންސާނީ ކާރިސާއަކާއި އެވަނީ ކުރިމަތިވެފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ރ...

20 Oct 2023 | 16:23

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުން އަންނައިރު ޢައްޒާގައި އިންސާނީ ކާރިސާއަކާއި އެވަނީ ކުރިމަތިވެފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތަކު އެދަނީ މަރުވަމުންނެވެ. ހަނގުރާމައިގެ އެތައް ޖަރީމާއެއް އިޒްރޭލުން އެދަނީ ހިންގަމުންނެވެ.

މަސްރަހު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންސާނީ އެހީވެސް ޣައްޒާއަށް ލިބުން ދަނީ އިންތިހާއަށް ލަސްވަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް އުންމީދެއް ލިބޭނެ ކަމަށް ބެލެވޭ އެއް މަޝްވަރާއަކަށް ވެގެންދާނީ މާދަމާ މިސްރުގެ ގާހިރާގައި ފަށަން ތައްޔާރުވަމުން އަންނަ ބޮޑެތި އިސް ވެރިންގެ "ގާހިރާ ސުލްހައިގެ ސަމިޓު"ންނެވެ.

މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުގެ ލިސްޓަށް ބަލާލާއިރު :-

މިސްރުގެ ރައީސް އަބްދެލް ފައްތާހް އެލް-ސީސީ

ފަލަސްތީނުގެ ރައީށް މަހްމޫދު އައްބާސް

އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ ދެވަނަ

ބަހްރޭނުގެ ރަސްގެފާނު ކިންގް ހަމަދު ބިން އީސާ އަލް ޚަލީފާ

ކުވޭތުގެ ވަހީ އަޚްދު ޝެއިޚް މިޝާލް އަލް-އަހްމަދު އަލް-ސަބާހް

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ

ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް

ގްރީކްގެ ބޮޑުވަޒީރު ކީރިއާކޯސް މިސޮޓާކިސް

ސިޕްރިއަޓްގެ ރައީސް ނިކޯސް ކްރިސްޓޯޑޮލައިޑްސް

ދެކުނު އެފްރިކާގެ ރައީށް ސިރިލް ރަމަފޯސާ

ޖަރުމަނުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބައަރބޮކް

ފްރާންސްގެ ޚާރިޖީ ވަޒީރު ކެތެރީން ކޮލޯނާ

ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޮކޯ ކަމިކަވާ

އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޖޭމްސް ކްލެވަލީ

ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާތު އެއިޑެ

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭޒް

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލް

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް

ފަލަސްތީނު އިޒްރޭލު މަސްރަހު ފިނިކުރުމަށް މި ސަމިޓު އިންތިޒާމު ކުރަނީ މިސްރުގެ ފަރާތުންނެވެ. މި ސަމިޓު މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ސަމިޓުން މިހާރުގެ މަސްރަހަށް ފިނިކަމެއް ލިބިދާނެތޯ ނުވަތަ ދެކެވޭނީ ހަމަ ހުސް ވާހަކަ ތަކެއްތޯ އޮތީ ސުވާލެއްގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް