އުންމީދުކޮށްގެންތިބި އިންސާނީ އެހީ މިއަދު ޣައްޒާއަށް ނުވެއްދުނު

އެންމެ އަވަހަށްވެސް އިންސާނީ ޒަރޫރީ އެހީގެ މިންވަރެއްވެސް ވެއްދޭނީ މާދަމާ ނޫނީ އަނެއް ދުވަހު ކަމުގައި އދ އިން ބުނެފިއެވެ. އދ އިން މިހެން ބުނެފައިވާއިރު އިޒްރޭލުގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް އިއްޔެ...

20 Oct 2023 | 13:54

އެންމެ އަވަހަށްވެސް އިންސާނީ ޒަރޫރީ އެހީގެ މިންވަރެއްވެސް ވެއްދޭނީ މާދަމާ ނޫނީ އަނެއް ދުވަހު ކަމުގައި އދ އިން ބުނެފިއެވެ.

އދ އިން މިހެން ބުނެފައިވާއިރު އިޒްރޭލުގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް އިއްޔެ ބުނެފައިވާގޮތުގައި މިއަދު 20 ލޮރީގެ އެހީގެ ތަކެތި ވެއްދުމުގެ ފުރުސަތު ދޭނެއެވެ.

އެހެން ނަމަވެސް ރަފާ ބޯޑަރު ގޭޓު ސަރަހައްދުގެ ޣައްޒާއާއި ވީ ފަޅި މަރާމާތު ކުރަން ޖެހޭތީ ލަސްތަކެއް އުޅެނީ ކަމަށް މީޑިއާ ރިޕޯޓުތަކުގައި މިއަދު ބުނެފައިވެއެވެ. އަދި އދ އިން ވަރަށް ގާތުން އެ އޮޕަރޭޝަން ބަލަމުން އަންނަ ކަމަށާއި މިއަދުން މިއަދަށް އެންމެ ޒަރޫރީ އެ އެހީތެރިކަން ވެއްދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް މިސްރު ފަޅިން ރަފާ ބޯޑަރު ކައިރީގައި ހުރެ ނޫސްވެރިންނަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

އެހެން ނަމަވެސް އދ ގެ ހިއުމެނިޓޭރިއަން ޗީފްގެ ތަރުޖަމާނު މިއަދު ބުނެފައިވަނީ އެންމެ އަވަހަށްވެސް އެ އެހީތެރިކަން ޣައްޒާއަށް ވެއްދޭނީ މާދަމާ ނޫނީ އެހެން ދުވަހެއްގައި ކަމަށެވެ.

ޣައްޒާގައި ހޮސްޕިޓަލުތަގައި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެފައިވާއިރު ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮވެސް ވަނީ ގާތްގަނޑަކަށްހެން ހުސްވެފައެވެ. މިހާރުވެސް ބައެއް ހޮސްޕިޓަލްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއަދު އެހީ ނުވެއްދުމުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެއެވެ.

އެހީގެ ލޮރީތައް މިއަދު ވެއްދޭގޮތް ނުވި އިރު އިޒްރޭލުން އަންނަނީ މިއަދުވެސް ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް