އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މަރުވެފައިވާ މީހުންގެ އަދަދު 4،137 އަށް އަރާފައިވާކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް-ޤިދްރާ މިއަދު ހާމަކުރި ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި މަރުވި 4،137 މީހުންގެ ތެރެއިން 1،661 އަކީ ކުޑަކުދިންނެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދި އެހެނިހެން ގޮތްގޮތުން ގެއްލިފައިވާ މީހުންގެ އަދަދުވެސް އުޅެނީ 4،000 އިން މަތީގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވާގޮތުގައި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 13 ހާހުން މަތީގައެވެ.
ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި އިތުރު ބައެއް ތަފްސީލުތަކަށް ބަލާއިރު ޣައްޒާގައި ހަތް ހޮސްޕިޓަލަކާއި 21 ހެލްތު ސެންޓަރެއް މިވަގުތު ވަނީ ތަކެތި ހުސްވެގެން މަސައްކަތް ހުއްޓާލާފައެވެ. މެޑިކަލް ޓީމްތަކުގެ 46 މެމްބަރަކު މަރުވެފައިވާއިރު 23 އެމްބިއުލެންސެއް އެއްކޮށް ހަލާކުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް