އިޒްރޭލު ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށް އެ ގައުމުން އަންގައިފި

އިޒްރޭލުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ. އެ ގައުމުން މިކަން އަންގާފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ޓްރެވަލް...

20 Oct 2023 | 08:44

އިޒްރޭލުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ.

އެ ގައުމުން މިކަން އަންގާފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ޓްރެވަލް އެލާޓެއްގައެވެ.

އެ އެލާޓުގައި ބުނެފައިވަނީ އިޒްރޭލާއި އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖޭގެ މަސްރަހު ގޯސްވަމުން އަންނަ ކަމަށާއި އެހެންކަމުން މިވަގުތު ރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ޣައްޒާއަށް ފަލަސްތީނުން ހަމަލާތައް ދެމުން އަންނައިރު ރާއްޖޭގެ ރައްޔިތުން އަންނަނީ ހުއްޓުމެއްނެތި އެކަން ކުށްވެރި ކުރަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިން އަންނަނީ ފަންޑް ރެއިޒް ކުރުމާއި ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް