މަޝްހޫރު ފްރެންޗައިޒް މެކްޑޮނަލްޑްސްގެ އިޒްރޭލުގެ މައި ގޮފިން އިޒްރޭލު ހަނގުރާމަވެރިންނަށް ހިލޭ ކެއުން ދޭނެކަން އިއުލާނުކުރުމާއެކު އެ ގޮތްޕަށްވެސް ކެތް ނުކުރެވޭވަރަށް ފާޑުކިޔުންތަކާ ގޮންޖެހުންތަކާ އަދި ކަސްޓަމަރުން ނޫނެކޭ ބުނަން ފެށުމުން އެ ގޮތްޕަށްވެސް ޖެހުނީ އެ ގޮފީގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ތަޅު އަޅުވައި ހަމަ އެކަނި "ޕްރައިވެޓް" އަށް ބަދަލުކޮށްލާށެވެ.
މެކްޑޮނަލްޑްސްގެ އެ ނިންމުމާއެކު އަދި ވަކިން ތަފާތު އަސަރެއް ކުރީ އަރަބި ގައުމުތަކުގެ ބްރާންޗު ތަކަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސައޫދީ އަރަބިއްޔާ، އޮމާން، ކުވޭތު، އެކުވެރި އަރަބި އިމާރާތް، އުރުދުން، މިސްރު، ބަހްރައިން އަދި ތުރުކީންވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުން މެކްޑޮނަލްސްޑްސް ހިޔާރުކުރުން އެކުގައިހެން ހުއްޓާލާފައެވެ.
ފާއިތުވި 14 ވަރަކަށް ދުވަސްތެރޭގައި މެކްޑޮނަލްޑްސްގެ ސޭލްސް އެ ގައުމުތަކުގައި އިންތިހާއަށް ދަށްވުމުން މިހާރު މިވަނީ އެ ގައުމުތަކުގެ ގޮފިތައް ގުޅިގެން ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނަނީ ގާޒާގެ މުސްލިމުންނަށް އެހީވުމަށްޓަކާ އެއް މިލިޔަން ޑޮލަރު ހަދިޔާކުރަން ނިންމާފައިވާނެ ކަމަށެވެ. އަދި އިޒްރޭލު ގޮތްޕާއި އެ ގޮފިތަކާއި މިކަމުގައި ގުޅުމެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް