ރަޝިޔާގެ ރައީސް ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން އަކީ ޚުދުމުޚުތާރު ވެރިއެއް ކަމަށާއި ޚުދުމުޚުތާރު ޕޫޓިން އާއި ޓެރަރިސްޓް ހަމާސް މޮޅުވިޔަ ނުދޭނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.
ޖޯ ބައިޑަން މިހެން ބުނެފައިވަނީ ރޭގައި ގައުމާ މުހާތަބު ކޮށް ވާހަކަ ދެއްދެކުމަށްފަހު ކުރި ޕޯސްޓެއްގައެވެ.
އެކްސް (ޓްވިޓާ) ގައި ބައިޑަން ކުރި އެ ޕޯސްޓްގައި ބައިޑަން ބުނެފައިވަނީ ގައުމެއްގެ ހައިސިއްޔަތުން އެފަދަ ކަންކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ކަންކަން ވަނުން ބަލައިނުގަނެވޭނެކަމަށެވެ.
ބައިޑަން މިހެން ބުނެފައިވާއިރު ގައުމާއި މުހާތަބުކޮށް ރޭގައި ދެއްކި ވާހަކައިގާ އިޒްރޭލާއި ޔޫކްރޭނަށް އިތުރަށް އެހީވުމަށް ސަޕްލިމެންޓަރީ ބަޖެޓަކަށް މިއަދު ހުށަހަޅާނެކަން އިއުލާނުކުރިއެވެ.
ނަމަވެސް އެމެރިކާގެ ސިޔާސީ މަސްރަހު މިވަގުތު ހުރި ގޮތުން އެ ސަޕްލިމެންޓަރީ ބަޖެޓު ފާސްވުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ބައިޑަންއަށް މިހާރު އޮތް ކަމަށް މުރާސިލުން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް