ފާއިތުވި ފަސް އަހަރު 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކޮށްދެވުނު: އިންޑިއާ

ފާއިތުވި ފަސް އަހަރުގެ ތެރޭގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކޮށްދެވުނު ކަމުގައި އިންޑިއާއިން ބުނެފިއެވެ. އިންޑިއާއިން މިހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު އަރިންދަމް ބ...

20 Oct 2023 | 02:16

ފާއިތުވި ފަސް އަހަރުގެ ތެރޭގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކޮށްދެވުނު ކަމުގައި އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު އަރިންދަމް ބާގްޗީ އިއްޔެ ކުރިއަށްގެންދިޔަ ހަފްތާ ޕްރެސް ބްރީފިންގައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ އިންތިހާބީ ރައީސްގެ އެންމެ އިސްކަމެއްދޭނެ އެއްކަންތައް ކަމުގައި ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު އެކަމާއި ގުޅޭގޮތުން އިންޑިއާ ނޫހަކުން ސުވާލު ކުރުމުން ބާގްޗީ ކިޔާދިނީ ފާއިތުވި ފަސް އަހަރު އިންޑިއާއިން ރާއްޖެއަށް ކޮށްދިން ކަންތައްތަކުގެ ވާހަކައެވެ.

އެގޮތުން ބާގްޗީ ވިދާޅުވީ 500 އަށްވުރެ ގިނަ މެޑިކަލް އިވޭކުއޭޝަން (ހެލިކޮޕްޓަރ އަދި ޑޯނިއަރ ފްލައިޓްގައި) ކުރިއަށްގެންދެވި އެ 500 އިވޭކުއޭޝަނުން 523 ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށާއި ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީގެ ރައްކާތެރިކަމަށް ގުޅިގެން 450 މިޝަނެއް ކުރިއަށްގެންދެވުނު ކަމަށާއި އަދި ކޮވިޑު ފަދަ ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން އިސް ނެގި ކަމަށެވެ.

އެކަން ކަން އެހެން ހުރުމާއެކު ޑރ. މުއިއްޒުގެ ސަރުކާރާ ގުޅިގެން އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަކީ އިންޑިއާގެ އަމާޒު ކަމުގައި އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް