ވައުދުތައް ނުފުއްދޭނެކަމަށްބުނެ، ހަ ހަފްތާގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރުކަމުން ލިޒް އިސްތިއުފާ ދެއްވައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އިނގިރޭސި ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވި ލިޒް ޓްރަސް އެ މަގާމުން އިސްތިއުފާ ދެއްވާނެކަން މިއަދު ހާމަކުރައްވައިފިއެވެ. ލިޒް މިކަން ހާމަކުރައްވަމުން މިއަދު...

20 Oct 2022 | 13:49

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އިނގިރޭސި ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވި ލިޒް ޓްރަސް އެ މަގާމުން އިސްތިއުފާ ދެއްވާނެކަން މިއަދު ހާމަކުރައްވައިފިއެވެ.

ލިޒް މިކަން ހާމަކުރައްވަމުން މިއަދު ވިދާޅުވީ ޕާޓީއަށް އިތުބާރު ގެއްލިފައިވާކަމަށާއި އެހެންކަމުން ޕާޓީން އިސްތިއުފާ ދެއްވަން ނިންމަވާކަމަށެވެ. އަދި ޕާޓީއަށް އިތުބާރު ނެތުމުން ކެމްޕޭންގެ ތެރޭގައި ވީ އެއްވެސް ވައުދެއް ފުއްދޭނެކަމުގެ ޔަގީންކަންވެސް ނެތް ކަމަށެވެ.

ލިޒް އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައިވާއިރު ލިޒް ވެ ވަޑައިގެންނެވި ވައުދުތަކާއެކު އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ކަވްޒަވޭޓިވް ޕާޓީގެ ތެރޭގައި އެ ވައުދު ތަކާމެދު ހިޔާލުތަފާތުވުންތަކެއް އުފެދި ޕާޓީ ގާތްގަނޑަކަށް ދެބައިވުމަކާއި ހަމައަށް ވަނީ ގޮސްފައެވެ.

ލިޒް އިސްތިއުފާ ދެއްވާނަކަން މިއަދު އިއުލާނުކުރައްވާފައިވާއިރު ލިޒަށް މަގާމުގައި އެ ހޭދަކުރެއްވުނީ އެންމެ 45 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް