މަގުމަތިން ހޮވި10،000 އަށްވުރެ ގިނަ ރުފިޔާ ވެރިފަރާތާއި ހަވާލުކޮށްފި އެވެ.
އެ ފައިސާ މީހަކަށް ފެނުނީ އެއް ނަމްބަރު ޖެޓީ ކައިރިން މިމަހުގެ14 ވަނަ ދުވަހުގެ ރޭ އެވެ. އެ ފައިސާ އެމީހާ ފުލުހުންނާއި ހަވާލު ކުރުމުން ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އޭގެ ފަހުން ފުލުހުން ރޭ ބުނީ އެ ފައިސާގެ ވެރި ފަރާތް މިހާރު އެނގިފައިވާ ކަމަށެވެ. އަދި ފައިސާ ވެރިފަރާތާއި ފުލުހުން ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް މިފަދަ ގޮތްގޮތަށް ހޮވާ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކުރެ އެވެ.
އަދި ވެރިފަރާތް ހޯދައި އެތަކެތި ހަވާލު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް