ވަގުތަށް ކަމޭނުހިތުމަކީ އެހެންމީހުންގެ އިޙްތިރާމާއި ލޯބި ގެއްލިދާ ކަމެއް - ދިރާސާ

ވަގުތައް ކަމޭހިތުމަކީ ވަރަށް މުހިންމުކަމެކެވެ. މާތްމީހުންގެ ސިފައެއްވެސްމެއެވެ. ނަމަވެސް މިއަދުގެ މި މުޖުތަމައުގެ ހާލަތައް ވިސްނާލައިފިނަމަ މިއީ މަދު މީހެއްގެ ކިބައިން މެނުވީ ނުފެންނަ ސިފައެކޭ ބުނުމަކ...

20 Oct 2022 | 07:29

ވަގުތައް ކަމޭހިތުމަކީ ވަރަށް މުހިންމުކަމެކެވެ. މާތްމީހުންގެ ސިފައެއްވެސްމެއެވެ. ނަމަވެސް މިއަދުގެ މި މުޖުތަމައުގެ ހާލަތައް ވިސްނާލައިފިނަމަ މިއީ މަދު މީހެއްގެ ކިބައިން މެނުވީ ނުފެންނަ ސިފައެކޭ ބުނުމަކީ ދޮގޮކަށް ނުވާނެއެވެ. ޚާއްސަކޮށް ޒުވާނުންގެ ފަރާތުން މިކަން ފެންނަދެއް ގިނަކަމަށް ފާހަގަކުރެވެއެވެ.

މިކަމާއި ގުޅިގެން ހޯދިފައިވާ ބައެއް ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ދުނިޔޭގެ 80 އިން ސައްތަ މީހުންނަކީ ވަގުތައް ކަމޭ ނުހިތާ އަދި އަދާކުރާ ވަޒީފާއަށް އަބަދުވެސް ގަޑިޖެހޭ މީހުންނެވެ. އޭގެތެރޭގައި ގިނައީ ޒުވާން ފިރިހެނުން ކަމަށް ވެސް ހޯދުންތަކުން އެނގެއެވެ.

މިހެން މިވަނީ ކީއްވެގެންކަން ވެސް ހޯދުންތަކުގައި ބަޔާންކޮށްދީފައިވެއެވެ. ބައެއް ދިރާސާ ހޯދުންތަކުގައި ބުނެފައިވާ ގޮތުން ވަގުތައް ކަމޭ ނުހިތާ މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރު ގެއްލިފައިވާ މީހުންނެވެ. މިފަދަ މީހުންގެ ދިރިއުޅުމުގައި ވެސް ކަންކަމަށް ދޭ އަހައްމިޔަތުކަން ކުޑަކަމަށާއި އެހެން ކަމުން އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް ފަރުވާކުޑަކަމަށް ބުނެފައިވެއެވެ.

ވަގުތައް ކަމޭ ނުހިތާ ކަންކަމުގައި ފަރުވާ ކުޑަމީހުންނަކީ މުޖުތަމައު އިން ބަލައި ގަންނަބައެއް ނޫނެވެ. އެގޮތުން އެފަދަ މީހުންނަށް ދިމާވާ އެންމެ ބޮޑުމައްސަލައަކީ ވަޒީފާ ހޯދުމަށް އޮތް ބިރެވެ. އެފަދަ މީހުންނަށް ވަޒީފާ ހޯދުމަކީ ފަސޭހަކަމަށް ނުވެއެވެ. ސަބަބަކީ ގަޑިއަށް ފަރުވާ ކުޑަކުޑަކުރުމާއި ވަގުތައް ކަމޭ ނުހިތުމެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި ވަޒީތަކުގައި އުޅޭ ވަގުތައް ފަރުވާތެރިނުވާ ޒުވާނުން އޮފީހުގައި ކުރާ މަސައްކަތްތަކަށް ފަރުވާކުޑަކުރެއެވެ. ނަތީޖާއެއްގެ ގޮތުން އޮފީހަށް ނުވަތަ ކުންފުންޏަށް ލިބޭ މާލީ ގެއްލުންތައް އިންތިހާއަށް ބޮޑެވެ.

ދާދި ފަހުން ‘ބްލޫ ޖީންސް ނެޓްވޯކް’ އިން ނެރުނު ރިޕޯޓެއްގައި ވާ ގޮތުން އޮފީސްކުންފުރނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން %70 އިން ސައްތަ މުވައްޒަފުން އަބަދުވެސް ވަޒީފާއަށް ހާޟިރުވަނީ ގަޑިޖެހިގެންނެވެ. އަދި އޭގެތެރެއިން50 އިން ސައްތަ މުވައްޒަފުން އެމީހުންގެ މަސައްކަތްތަކަށް ފަރުވާ ކުޑަކޮށް މަސައްކަތްތައް ނުނިންމައެވެ. މިކަމުގެ ސަބަބުން އޮފީހަށް ނުވަޒަ ކުންފުންޏަށް އެތަކެއް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ.

ތިމާ ވަޒީފާއަށް ނުވަތަ އެހެންވެސް ތަނަކަށް ދާން ގަޑިއެއް ކަނޑައެޅިފައިވާނަމަ ދުރާލާ ތައްޔާރުވެ ގަޑި ނުޖެހި އެތަނަކަށްް ދިޔުމަށް އަހައްމިޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމަކެވެ. އެފަދަ މީހުންނަކީ އެހެންމީހުންގެ އިޙްތިރާމް އާއި ލޯބި ލިބޭނެ ބަޔެކެވެ. ގަޑިއަށް ފަރުވާތެރިވުމަކީ ކާމިޔާބީތަކުގެ ތަޅުދަނޑިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް